ރައީސް މުހައްމަދު ނަޝީދު

ރައީސަކީ އެމްޑީޕީގައި މަގުބޫލު ބޭފުޅެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
66.7%
0%
33.3%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ ތެރޭގައި މަގުބޫލު ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީގެ ތާއީދުތަކެއް އެއްވެސް އިރެއްގައި އޮތް ބޭފުޅެއް ނޫން ކަމަށެވެ.

"މި ޕާޓީ އުފެދިގެން އެއްވެސް ދަތުރެއްގައި ބައިވެރިވެވަޑައިގެންފައެއް ނުވޭ. ހަމައެކަނި ކެމްޕޭން ދަތުރުތަކުގައި ބައިވެރި ވަޑައިގެންފަ ވަނީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހަކީ ކޮން ބޭފުޅެއްކަން މީހުންނަށް ނޭނގޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް އާއި ޕާޓީގެ ގްރާސްރޫޓްއާ މާބޮޑު ގުޅުމެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ތައުލީމީ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހަކީ އެފަދަ ބޭފުޅެއްކަމަށް ނުދެންނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ ޕްރަރިމަރީއަށްފަހު ސިޔާސީ މަޝްރަހު ބަދަލުވެގެންދާނެ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހް އަރިހުގައި ތިއްބެވި ބޭފުޅުންގެ ތާއީދު ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހުއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައްމަޓީ

ދެންމަޤޫބޫލު ނޫން ބޭފުޅަކު ޤައުމުގެ ރައީސްއަކަށް މީނަ ހޮވާށޭކިޔާފަ ދެއްކީ ކީއްކުރަންތަ، އެހެންވީމާ ނަޝީދުގެ އަސްލު މަޤްސަދަކީ ނާޤާބިލް މަޤްބޫލުނޫން ކަމެއްނުކުރެވޭ މީހަކު ރައީސްކަމަށް ލާފަ ކަންކަންނުކެރެވޭވާހަކަ ދައްކާ ޖެހިގެންއަންނަ ދައުރަށް ކުރިމަތިލުންކަން މިއަދު ވަރަށް ރަނގަޅަށް ޔަޤީން ވެއްޖެ. ސާބަހޭ ޙިކުމަތްތެރި ހިޔަޅުބޭ!!!! ޝުކުރިއްޔާ އިބޫ ހިޔަޅެއްގެ އަވައިގަ ޖެހިގެންވެސް ވަލިއްޔުލް އަމުރުގެ މަޤާމްގައި އިނދެ ކޮންމެވެސް ކަމެއް ޤައުމަށް ކޮށްދީފި.

ދޫކޮށްނުލާ

ކޮންމެ ދަރިއެއްގެ މީ މުސްތަގްބަލޭ އެއްލާނުލާ މަމެންގެ ގައުމު ދޫކޮށް ތިންއަތޮޅާއި އެއްވަރު ކަތުން ވަނީ ރާއްޖޭންބޭރު ގައުމު ތަކުގައި ބަނޑަހަގެ ޖަހާ ދިރިއުޅެން ފަށާފައޭ ގައުމުގެ އަހުލުން އުޅެން ބޭނުންވާ ބިމުން މިލިމީޓަރެއް ވެސް އެމެންނަށް ލިބޭނެ އުއްމީދެއް ނެތި ފަނޑުވުމުން މާޔޫސްވެ ގައުމުދޫކޮށް ދަނީއޭ ގެއްލުނު އުއްމީދު އާލާކޮށް ހެޔޮވެރިކަން ކަތުންނަށް ކޮށްދޭން އަންނިއޭ އުއްމީދަކީ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ

މަޑުކޮށްލާ

ބޯހިޔާވަހިކަމުގެ މައްސަލަ އެއް އަހަރުން ހައްލުކޮށްދޭނަން ކަމަށް އަންނި ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރަންރީނދުލޭ މެންނޭ މާލެ ސަރަހައްދުން ގޯތި ބޭނުންވާ ހުރިހާ ކުދިން ތައް ކަޑަތައް ހިފައިގެން ތައްޔާރަށް ތިބެންވީއޭ އަންނި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބޫ އަތުން އުފުރާލައިގެން ކާމިޔާބު ކުރާ ދުވަހު ނޫން އަނެއް ދުވަހު ހުޅުމާލެ އަށް އަރަން ރަންކޮޅާ ތައްޔާރުވޭ ކަޑަތައް ހިފައިގެން ތައްޔާރުވޭ ތައްޔާރުވޭ މަޑުކޮށްލާ މަމެން ގޮވައިގެން ދާން މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ...

މަޑުކޮށްލާށޭ

ބޮޑެތި މައްސަލަތަކުގައި ހިމެނޭ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން މިސަރުކާރަށް 4 އަހަރުވެގެން ދިޔައިރު އެކަކު ވެސް ބޭރުނުކުރެވުނޭ ބީރުބޮލު ބޮޑުވަޒީރު ބުނަނީ ބަންގާޅުންގެ އަސްލެއް ނަސްލެއް ނޭގެއޭ އެކަމަކުވާ އެމެން އަތާއި ފަޔާއި އެކު ސްކޭން ކޮށްފައި އެބަހުއްޓޭ އިމިގްރޭޝަންގެ ސާރވާރގައި މީ ކައްޕަޅި ސަރުކާރޭ ރަންކޮޅާ މިކަން ވާނީ އަންނިއަށޭ ހިނގާ ހިނގާ ހިނގާ ގުޅެން އަންނިއާއި ދޮންކަނބުލޯ މަޑުކޮށްލާ ތަމެން މޮޓޮރާ ފަހަތަށް މަމެން ލައިގެން މަމެން ވެސް ގޮވައިގެން ދާން މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ ރަންކޮޅާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910