މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގެ ގޮނޑޮދޮށުގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް!

Jan 10, 2023

ހުޅުމާލޭގެ ގޮނޑު ދޮށުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ލައްގައިފި އެވެ.

މި ކަށިތައް މިއަދު ހަވީރު ފެނިފައިވަނީ ހުޅުމާލޭގެ ރެޑްބުލް ޕާކާ ދިމާލު އަތިރިމަތިންނެވެ.

ފުލުހުން ބުނީ މިކަމުގެ މައުލޫމާތު މިއަދު ހަވީރު 5:38 ހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ކަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ތަހުގީގު ހިނގަމުންދާތީ ކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފެނުނު ކަށިތަކަކީ އިންސާނެއްގެ ދެފައިގެ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.