އީޕީއޭ

މޮނިޓަރިން ރިޕޯޓް ނުދޭނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

މޮނިޓަރިން ރިޕޯޓު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދީފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޝްރޫއުތައް ހިންގާ ގިނަ ފަރާތްތަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓު އަދި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ މޮނިޓަރިން ރިޕޯޓް އީޕީއޭއަށް ހުށަހަޅަމުން ނުދާ ކަމަށެވެ.

ބައެއް ފަރާތްތަކުން ބައެއް މަޝްރޫއުތައް ފެއްޓުމަށްފަހު މަސައްކަތް ފެއްޓި ތާރީހު ވެސް އީޕީއޭއަށް ނާންގާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އީއައިއޭ ރިޕޯޓާއި މޮނިޓަރިން ރިޕޯޓު ހުށަހަޅަންޖެހޭ ގޮތުގެ ޝެޑިއުލާއި އެރިޕޯޓުތަކުގައި ހިމަނަންޖެހޭ ކަންކަން، ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކޮށްފައި ވާނެ ކަމަށް އީޕީއޭއިން ބުނެ އެވެ. ނަމަވެސް މަޝްރޫއުތައް ހިންގާ ގިނަ ފަރާތްތަކުން އެރިޕޯޓުތައް ހުށަނާޅާކަމަށް އީޕީއޭއިން ބުނެއެވެ.އެކަމަކު ގިނަ ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުގެންދާކަމަށް އީޕީއޭއިން ބުނެ އެވެ.

އީޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި މޮނިޓަރިން ރިޕޯޓްތައް ހުށަނޭޅުމުގެ ސަބަބުން މީގެ ކުރިން މަޝްރޫއުތައް ހިންގާފައިވާ ބައެއް ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތައް ހެދުމަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމަ ނުވެ އެވެ. އެހެންކަމުން މިމަހު އެކަކުން ފެށިގެން އީޕީއޭ އިން ހޯދަން ބޭނުންވާ މައުލޫމާތުގައި މޮނިޓަރިން ރިޕޯޓްތައް ހުށަނާޅާ ފަރާތްތަކުގެ ޑިއުލިޖަންސް ރިޕޯޓު ހެދުމަށް ބޭނުންވާ މައުލޫމާތުތައް ބަޔާންކުރާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.

މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ މަޝްރޫއުގެ މަސައްކަތް ފެއްޓުމަށްފަހު، ފެއްޓި ތާރީހު އީޕީއޭ އަށް އަންގަމުން ގެންދަން އެ އިދާރާ އިން އެދިފައިވެ އެވެ.