މޯލްޑިވްސް ޕޮލިސް ސާވިސް

މާލެ އިން މީހަކު ގެއްލިގެން ހޯދަނީ

Jan 12, 2023

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ، ފަރިމާވިލާ، ހަސަން ރަމީޒު (34އ) އެވެ.

ފުލުހުން ބުނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ހަސަން ރަމީޒުގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހަސަން ރަމީޒު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަސަން ރަމީޒުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.