ހަބަރު

ދަރިވަރުންނަށް ބަރަހަނާ ވީޑީއޯ ދެއްކި މައްސަލައެއް ބަލަނީ

ދ. މާއެނބޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ބަރަހަނާ ވީޑިއޯއެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މާއެނބޫދޫ ސްކޫލްގެ ބިދޭސީ ޓީޗަރަކު ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯ ޑޮކިއުމެންޓްރީއެއް ދެއްކި މައްސަލަ މިމަހުގެ 17 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާއި އެ މީހާ އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ ތަހްގީގެއް ކުރަމުންނެވެ.

މާއެނބޫދޫ ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށާއި އެޑިއުކޭޝަނުން ވެސް މިހާތަނަށް އެ ޓީޗަރާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.