އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާކުރި ކަމަަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
އަރަބިއްޔާ ސްކޫލާއި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އޮފިޝަލުން ވަނީ އެފަދަ މައްސަލައެއް ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން ބަލަމުންދާކަން ޔަގީންކޮށްދީފަ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އާ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ވެސް ހުށަހަޅާފަ އެވެ.
ތުހުމަތުކުރާ ޓީޗަރުގެ މައުލޫމާތު އަވަސްއަށް ލިބިފައިވިޔަސް ކަމާގުޅޭ އިދާރާތަކުން ޓީޗަރުގެ މައުލޫމާތު ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ ޓީޗަރަކީ ނިމިދިޔަ ސަރުކާރުގައިވެސް ފިޔަވަޅު އަޅާފައިވާ ޓީޗަރެކެވެ.