ޑރ. އައިޝަތު އަލީ

އައިޝަތު އަލީ ބޭނުންކުރެއްވި އީމެއިލް ޑިލީޓް ކުރެއްވި ކަމުގެ ތުހުމަތު

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރަސްމީ ބޭނުންތަކުގައި ބޭނުންކުރެއްވި އީމެއިލް ޑިލީޓް ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިމައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ފުލުހުންނަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ކުރީގެ އެހެން ހުރިހާ މިނިސްޓަރުން ބޭނުންކުރެއްވި އީމެއިލްގައިވާ މައުލޫމާތުތައް އެ އޮފީހުގައި ހުރި ކަމަށެވެ.

ފުލުހުން މިމައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައި މިވަނީ ޑރ. އައިޝަތު އަލީ މިއަދު ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި ފަހުންނެވެ.

އައިޝަތު އަލީ ވިދާޅުވި ގޮތުގައި އޭނާ ބޭނުންކުރެއްވި ރަސްމީ އީމެއިލް އަށް މިއަދު 1:15 ގައި ބަޔަކު ވަންނަން މަސައްކަތްކޮށްފައިވެ އެވެ. އެހެންވެ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އެ އީމެއިލް އެއްވެސް މީހަކަށް މެއިލްއެއް ގޮސްފިނަމަ އެއީ އޭނާ ފޮނުއްވި އީމެއިލް އެއް ނޫން ކަމަށް ދެކުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.