ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

Jan 13, 2023
1

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހެދުމަށް ކަމަށެވެ.

ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް ހާލުކޮޅު މުޅިން ރަނގަޅު ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ކޮވިޑް 19 ފެތުރުނު ދުވަސްވަރު އޮގަސްޓް 26، 2020ގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން އެޑްމިޓް ކުރި އެެވެ.

ރައީސް މައުމޫންގެ އުމުރުފުޅުން 85 އަހަރު ވެގެން ދިޔައިރު އެމަނިކުފާނު އަދިވެސް އުޅުއްވަނީ ހަރަކާތްތެރިކޮށެވެ.