ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ހާލު ރަނގަޅު، އެންމެނަށް ޝުކުރިއްޔާ"

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަން ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓް ކުރެއްވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރަށް ދައްކަވަން ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރެއްވުމުން ރޭ އޭގެ ނަތީޖާ ލިބިވަޑައިގަތުމުންނެވެ. އެ މަނިކުފާނު އެ ބައްޔަށް ޕޮޒިޓިވްވިކަން އާންމު ކުރެއްވީ ވެސް ޓްވިޓާ މެދުވެރިކޮށް އެ މަނިކުފާނު އަމިއްލަފުޅަށެވެ. އަދި ރޭގެ ވަގުތެއްގައި އެ މަނިކުފާނު ވަނީ ކޮވިޑް ބަލި މީހުންނަށް ފަރުވާ ދާ ޑީއެޗްގެ 11 ވަނަ ބުރީގައި އެޑްމިޓްވެސް ކޮށްފަ އެވެ.

އުމުރުފުޅުން 83 އަހަރުވެފައިވާ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވުމުން އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ބަޔަކު ރެއިން ފެށިގެން ދަނީ އެ މަނިކުފާނަށް ހެޔޮ ދުއާ ފޮނުވައި އަވަސް ޝިފާއަކަށް އެދެމުންނެވެ.

ހެޔޮ ދުއާ ކޮށްދެއްވާ އެންމެނަށް ޝުކުރު އަދާކުރައްވާ ރައީސް މައުމޫން ޓްވީޓް މެދުވެރިކޮށް ވިދާޅުވެފައި ވަނީ ދުއާ ކޮށްދެއްވި ހުރިހާ ރައްޓެހިންނާއި އާއިލާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިވަގުތު ހާލު ކޮޅު ވަރަށް ރަނގަޅު ކަމަށެވެ.