ފިނިޕޭޖް

ޕޯލާ އަބްދުލްގެ އާ އެތްލީޝާ ހެދުން ކަލެކްޝަން

އެކްޓްރެސް، ލަވަ ކިޔުންތެރިޔާ، ކޮރިއޯގްރާފާ އަދި ޑާންސާ ޕޯލާ އަބްދުލް، ސްމޭޝް ޕްލަސް ޓެސްއާ ގުޅިގެން އެތްލީޝާ ހެދުން ކަލެކްޝަނެއް ނެރެފި އެވެ.

ކެނެޑާގެ ލައިފްސްޓައިލް ބްރޭންޑް ސްމޭޝް ޕްލަސް ޓެސް އަކީ މަންމަ އަކާއި ދަރިފުޅު، ތެރޭސާ އަދި އޭޝްލީ ފްރީބޯންގެ އުފެއްދުމެކެވެ.

އުމުރުން 60 އަހަރުގެ ޕޯލާ ބުނީ ސްމޭޝް ޕްލަސް ޓެސް ކަނެކްޝަނެއް އިހްސާސްވީ ކަމަށާއި އެ ބްރޭންޑްގެ އިންކްލޫސިވިޓީގެ މިޝަން ސްޓޭޓްމަންޓަކީ އޭނާގެ ކެރިއާ ވެސް ބިނާކޮށްފައިވާ ކަމެއް ކަމަށެވެ. މިއީ އޭނާ ވަރަށް ލޯބިން ކުރި މަސައްކަތެއްކަންވެސް ފާހަގަކުރި އެވެ.

ޕޯލާގެ ގްރޫވް ކަލެކްޝަންގައި ހިމެނެނީ 15 ޕީސް އެވެ. މީގެތެރޭގައި ޖަމްޕްސޫޓާއި ޖޭޒް ޕޭންޓާއި ކްރޮޕް ޓޮޕްސް އަދި ސްވެޓާ ހިމެނެއެވެ. ޕޯލާ މި 15 ޕީސް ޑިޒައިންކޮށްފައިވަނީ އޭޝްލީއާ އެކުގަ އެވެ.

ޕޯލާ ބުނީ ސްމޭޝް ޕްލަސް ޓެސްގެ ސްޓައިލަކީ އޭނާގެ ޑާންސް އަދި ފިޓްނަސް ސްޓައިލްއާ ވަރަށް ގުޅޭ ސްޓައިލެއް ކަމަށާއި މި ޕީސްތަކަކީ ފަންކްޝަނަލިޓީ އާއި އާންމުކޮށް ލުމަށް "ފެޝަން ފޯވަޑް" ސްޓައިލެއް ކަމަށެވެ.

ޕޯލާ އަކީ 1980ގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި "ރަޝް ރަޝް"، "ފޮއެވާ ޔޯ ގާލް"، "ދަ ޕްރޮމިސް އޮފް އަ ނިއު ޑޭ" ފަދަ ލަވަ ކިޔާ ގްރެމީ އެވޯޑް ހާސިލްކުރުމުގެ އިތުރުން ގިނަ ފިލްމް ކުޅެ، "އެމެރިކަން އައިޑަލް" ފަދަ ޝޯގެ ޖަޖުކަން ކޮށްފައިވާ ތަރިއެކެވެ. ޕޯލާގެ ކޮރިއޯގްރަފީއަށް ވަނީ ޕްރައިމްޓައިމް އެމީވެސް ލިބިފަ އެވެ.