ފިނިޕޭޖް

ސެވޭޖް އެކްސް ފެންޓީގެ ސީއީއޯކަމުން ރިއާނާ ދުރުވެއްޖެ

ރިއާނާ
0%
0%
0%

ލަވަ ކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިއާނާ، އޭނާ ކޯ-ފައުންޑް ކުރި ސެވޭޖް އެކްސް ފެންޓީގެ ސީއީއޯ ކަމުން ދުރުވެއްޖެ އެވެ.

ސެވޭޖް އެކްސް ފެންޓީގެ ސީއީއޯގެ މަގާމާ ރިއާނާ ހަވާލުވީ 2018 ވަނަ އަހަރު އެވެ.

ރިއާނާ ބުނީ އޭނާ މި ނިންމުން ނިންމާފައިވަނީ އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. އެހެންނަމަވެސް އެގްޒެކްޓިވް ޗެއާގެ ގޮތުގައި ރިއާނާ އަދިވެސް އޭނާގެ ކުންފުނީގައި މަސައްކަތްކުރާނެ އެވެ. ރިއާނާ މިވަގުތު އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑެެވެ.

މިގޮތުން ސެވޭޖް އެކްސް ފެންޓީގެ އާ ސީއީއޯއަށް އައްޔަނުކޮށްފައިވަނީ ކުރީގެ އެންތްރޮޕޮލޮޖީ ގްރޫޕްގެ ސީއީއޯ ހިލަރީ ސުޕާ އެވެ. އޭނާ މި މަގާމާ ހަވާލުވީ މިދިޔަ ޖޫން 26 ވަނަ ދުވަހުން ފެށިގެންނެވެ.

ރިއާނާ ބުނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ސެވޭޖް އެކްސް ފެންޓީ އަށް އޮތް ރިއާނާގެ ތަސައްވަރު އިންޑަސްޓްރީއަށް އެހާ ބޮޑު އަސަރެއް ކޮށްފައިވާކަން ފެނުމަކީ ވަރަށް ރީތި މަންޒަރެއް ކަމަށެވެ. އަދި މިއީ ފެށުން ކަމަށާއި ކޮންސިއުމަރުންނާ ގުޅޭގޮތަށް ސެވޭޖް އެކްސް ފެންޓީ ފުޅާކުރާނެ ކަމަށެވެ. އަދި ހިލަރީ އަށް އުފާވެރިކަމާއެކު މަރުހަބާ ކިޔާ ކަމަށާއި އޭނާގެ ލީޑަޝިޕްގެ ދަށުގައި ސެވޭޖް އެކްސް ފެންޓީ މިހާރަށްވުރެ ގިނަ ކާމިޔާބީތައް ހޯދާނެ ކަމަށް ރިއާނާ ބުންޏެވެ.

ރިއާނާ އޭނާގެ ފެންޓީ ބިއުޓީ ސްޓޯލް ކައިރީ

ހިލަރީ ސުޕާ އަކީ މީގެ ކުރިން އެމެރިކަން އީގަލް، ގެސް، އޯލްޑް ނޭވީ އަދި ގެޕް ފަދަ ބްރޭންޑްތަކުގައި ލީޑަޝިޕް ރޯލެއް އަދާކޮށްފައިވާ ތަޖުރިބާކާރެކެވެ.

ސެވޭޖް އެކްސް ފެންޓީ އަކީ ރިއާނާ އާއި ގިނަ ލަގްޒަރީ ބްރޭންޑްތަކެއްގެ މައި ކުންފުނި ލުއީ ވިތޯން މޮއޭ ހެނެސީ (އެލްވީއެމްއެޗް) އިން އުފެއްދި ލޯންޖެރޭ ބްރޭންޑެކެވެ.

ރިއާނާއަކީ މި ބްރޭންޑްގެ 50 ޕަސަންޓް ހިއްސާދާރެވެ. މީގެ އިތުރުން އެލްވީއެމްއެޗްއާ އެކު ރިއާނާ ވަނީ އޭނާގެ ކާމިޔާބު މޭކަޕް ލައިން ފެންޓީ ބިއުޓީ އަދި ފެންޓީ ސްކިން އާއި ފެންޓީ ހެދުން ލައިން ނެރެފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ފެންޓީ ހެދުން ލައިން މަޑުޖައްސާލައި، ސަމާލުކަން ދީފައިވަނީ ސެވޭޖް އެކްސް ފެންޓީ އާއި ފެންޓީ ބިއުޓީ އަދި ސްކިންގެ ކާމިޔާބީ އަށެވެ. ރިއާނާ ވަނީ މީގެ ކުރިން ސެންޓުވެސް ލޯންޗުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910