ވިލާ މާޓް

އިިމާދުއްދީން ސްކޫލްގެ ދަރިވަރުން ވިލާމާޓަށް ޒިޔާރާތްކޮށްފި

Jan 18, 2023

އިމާދުއްދީން ސްކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ 121 ދަރިވަރުން ވަނީ ރެހެންދި މަގުގައި ހުންނަ ވިލާމާޓަށް ތަޖުރިބާ ހޯދުމުގެ ޒިޔާތަރެއްކޮށްފި އެވެ.

މިޒިޔާރަތަކީ އެކުދިން ކިޔަވަމުންދާ ހިސާބު މާއްދާގައި ހިމެނޭ ފިލާވަޅަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ.

ދަރިވަރުން މިޒިޔާރަތް ކޮށްފައިވަނީ އިއްޔެ މެންދުރުފަހު 1:30 ގައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް ވަނީ ފައިސާގެ މުއާމަލާތްތައް ހިނގާ ގޮތާއި، އިގްތިސާދު ކުރުމުގެ މުހިންމުކަން ބުނެދީފަ އެވެ.

މީގެ އިތުރުން ވިޔަފާރީގައި ހިނގާ އެކިއެކި ކަންކަމުގެ މައުލޫމާތުވެސް ވާނީ ދަރިވަރުންނާ ހިއްސާކޮށްފަ އެވެ.

އިމާދުއްދީން ސުކޫލު ދަރިވަރުންގެ މި ޒިޔާރަތުގައި ވިލާ މާޓުގެ އެކްސްކުލޫސިވް ޕްރޮޑަކްޓްސްތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވަނީ ފޯރު ކޮށްދީފަ އެވެ. އެގޮތުން ވިލާ މާޓުގެ އެކްސްކްލޫސިވް ބްރޭންޑްތައް ކަމަށްވާ އަލްމަރާއީ، ޓޯނީސް ޗޮކޮލެޓް، ޕްލެއިން ސޮލެއިލް ފަދަ ނަން މަޝްހޫރު ބްރޭންޑް ތަކާ ބެހޭ މައުލޫމާތުތައް ވަނީ ދަރިވަރުންނަށް ފޯރު ކޮށްދީފަ އެވެ.

އަލްމަރާއީ އަކީ މިހާރު ވިލާމާޓުން ހަލުވި ކަމާއެކު ވިކޭ އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މިއީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އުފެއްދުމެކެވެ.

މިފަދަ ތަޖުރިބާގެ ޒިޔާރަތްތަކަށް އަބަދުވެސް ވިލާ މާޓުގެ ދޮރު ވަނީ ހުޅުވާލެވިފައިވާ ކަމަށް ވިލާ މާޓުން ބުނެ އެވެ. ސްކޫލުތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުންވެސް މިފަދަ ހަރާކާތެއް ހިންގަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތުގައި ވާނެ އެއް ބަޔަކައް ވިލާ މާޓް ވުމަކީ ވިލާ މާޓުގެ އެއް އަމާޒު ކަމަށްވެސް ބުންޏެވެ.