ފިނިޕޭޖް

މެރީލް ސްޓްރީޕްގެ އާ ސީރީޒެއް

"އޮންލީ މާޑާސް އިން ދަ ބިލްޑިން" އަކީ މަގުބޫލު އަދި އެވޯޑް ލިބިފައިވާ މިސްޓްރީ ކޮމެޑީ-ޑްރާމާ އެކެވެ.

ސްޓީވް މާޓިން، މާޓިން ޝޯޓް އަދި ސެލީނާ ގޮމޭޒް ލީޑް ރޯލް ކުޅޭ މި ސީރީޒްގެ ރޯލްތަކުގައި ކާރާ ޑެލްވީން، އޭމީ ރަޔާން، ވެނެސާ އެސްޕިއާގާ، ޓީނާ ފޭ އާއި ފަދަ ތަރިން ފެނުމުގެ އިތުރުން ގެސްޓް ސްޓާރުންގެ ގޮތުގައި ގިނަ ތަރިންތަކެއް ފެނެ އެވެ.

މި ސީރީޒްގެ ކާމިޔާބު ދެ ސީޒަނަށްފަހު، ތިންވަނަ ސީޒަން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

މިގޮތުން މި ފަހަރު މި ސީރީޒްއާ ގުޅުނީ މެރީލް ސްޓްރީޕް އެވެ.

މިކަން ހާމަވެފައިވަނީ "އޮންލީ މާޑާސް އިން ދަ ބިލްޑިން"ގެ ޓްވިޓާ އެކައުންޓުން ޝެއާކުރި ޓިކްޓޮކް ޕޯސްޓަކުންނެވެ.

މެރީލްގެ އިތުރުން ޕޯލް ރަޑް ވެސް މި ސީޒަންގައި ފެންނާނެ އެވެ. ހޫލޫ އިން މެރީލްގެ ރޯލާބެހޭގޮތުން ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 73 އަހަރުގެ މެރީލް ސްޓްރީޕް ވަނީ 21 އެކަޑަމީ އެވޯޑް ނޮމިނޭޝަނުން ތިން އެވޯޑް ހާސިލްކޮށްފަ އެވެ. އަދި 32 ގޯލްޑަން ގްލޯބް ނޮމިނޭޝަނުން އަށް އެވޯޑާ ގިނަ އެހިނެހެން އެވޯޑްތައް ވެސް ހާސިލްކޮށްފައިވެ އެވެ.

މެރީލްގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ސޯފީސް ޗޮއިސް"، "އައުޓް އޮފް އެފްރިކާ"، "ޑެތް ބިކަމްސް ހާ"، "އެޑެޕްޓޭޝަން"، "ދަ އަވާޒް"، "ޑެވިލް ވެއާޒް ޕްރާޑާ"، މާމާ މިއާގެ ދެ ފިލްމު "ޖޫލީ އެންޑް ޖޫލިއާ" ފަދަ ފިލްމުތައް ހިމެނެ އެވެ.