ލައިފްސްޓައިލް

އޮރެގާނޯ ލޭގައި ހަކުރު މަތިވުން ދަށްކޮށްދޭ

Mar 3, 2025
ޑްރައިޑް އޮރެގާނޯ
0%
0%
0%

އޮރެގާނޯ އަކީ މިންޓް ނުވަތަ "ލަމިއޭސީ" އާއިލާގެ ފަތްޕިލާވެއްޔެކެވެ. ކާއެއްޗެހީގެ ރަހަ މީރުކުރުމަށާއި ބަލިތަކަށް ފަރުވާ ދިނުމަށްވެސް އޮރެގާނޯ ބޭނުންކުރެ އެވެ. މިއީ މެޑިޓެރޭނިއަން ޑައިޓްގައި ހިމެނޭ އެއްޗެކެވެ.

އޮރެގާނޯ އިން ލިބޭ ސިއްހީ ފައިދާތައް

  • ބެކްޓީރިއާއާ ދެކޮޅަށް މަސައްކަތް ކުރަން އެހީތެރިވެދޭ
  • ދުޅަ ފިލުވައިދޭ
  • ލޭގައި ހަކުރު މަތިންވުން ދަށްކޮށްދޭ
  • ކެންސަރުން ދިފާއުކޮށްދޭ
  • ޓްރިޕްޓޯފަން، ލައިސިން، ވެލައިން، އާޖިނިން، ވިޓަމިން ސީ، ވިޓަމިން އޭ، އަދި ވިޓަމިން އީ (ޓޮކޯފެރޯލް) ފަދަ އެންޓިއޮކްސިޑެންޓްތައް އޮރެގާނޯގައި ހިމެނޭ
ޑްރައިޑް އޮރެގާނޯ

އޮރެގާނޯ ބޭނުންކުރުމުގައި ވިސްނަންޖެހޭ ކަންކަން

  • ސާޖަރީއެއް ކުރަން އުޅޭނަމަ އޮރެގަނޯ ޕްރޮޑަކްޓްތަކުން ދުރުހެލިވާށެވެ. އޮރެގާނޯ ބޭނުންކުރުމުން ލޭއައުމުގެ ނުރައްކާ އިތުރުވެދާނެތީ އެވެ.
  • އޮރެގާނޯ ބޭނުންކުރުމުން ހަށިގަނޑުގެ ކޮޕާ، އަޔަން، އަދި ޒިންކް އެބްސޯބްކުރުމުގެ ގާބިލުކަން ދައްވެދާނެއެވެ.
  • މާބޮޑަށް ލޭގައި ހަކުރު ދަށްވެދާނެ އެވެ.
  • ލެމިއޭސީ އާއިލާއަށް ނިސްބަތްވާ ގަސްގަހާގެހިތަކަށް އެލާޖީ ވާ މީހުން އޮރެގަނޯއަށް އެލާޖިކް ވެދާނެއެވެ.

ކެއްކުމުގައި އޮރެގާނޯ ބޭނުންކުރެވޭނެ ގޮތްތައް

މަހާއި ކުކުޅު ފަދަ އެއްޗެހި ކައްކާއިރު މެރިނޭޓް ކުރުމަށް ބޭނުންކުރެވޭނެ
ޕިއްޒާ ފުށްގަނޑަކަށް އެއްކޮށްގެން ހާބީ ފްލޭވާ އެއް ލިބޭނެ
ސެލެޑަށް ތާޒާ އޮރެގަނޯ ފަތް އަޅައިގެން
މޮޒާރެލާ ޗީޒް އާއި ޓޮމާޓޯ ސްލައިސްތަކެއްގެ މައްޗަށް ޑްރައިޑް އޮރިގާނޯ ވިއްސާލުމަށްފަހު، ޒައިތޫނި ތެޔޮ އުނގުޅައިގެން

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910