ދުނިޔެ

ނިއު ޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމަށް ކެންޑިޑޭޓަކު ހޮވައިފި

ކްރިސް ހިޕްކިންސް: ނިއު ޒީލެންޑް ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންފައި
0%
0%
0%

ނިއު ޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމަށް ކްރިސް ހިޕްކިންސް އައްޔަންކުރަން ވެރިކަންކުރާ ޕާޓީ -- ލޭބާ ޕާޓީން ނިންމައިފި އެވެ.

އޭނާ ބޮޑުވަޒީރުގެ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ފެބްރުއަރީ ހަތެއްގައި -- ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ޖެސިންޑާ އާޑަން އިސްތިއުފާ ދެއްވުމުންނެވެ.

ޖެސިންޑާ އާޑަން އިސްތިއުފާދެއްވަން ނިންމެވި ޚަބަރު މުޅި ދުނީޔެއަށް ވެފައި ވަނީ ބޮޑު ހައިރާނަކަށެވެ. މުޅި ނިއު ޒީލެންޑް ވެސް މިހާރު އޮތީ މި ޚަބަރާ އެކު ޝޮކްޖެހިފަ އެވެ.

ޖެސިންޑާ ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވަން ނިންމެވި ސަބަބަކީ އެ ކަމަނާއަށް ވުރެ ގާބިލު ބޭފުޅަކަށް މަގާމު ހަވާލުކުރެއްވުމެވެ. އެ ކަމަނާއަށް ގައުމަށް ކޮށްދެވޭނެ އިތުރު ހެޔޮކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ މެމްބަރުންގެ ތެރެއިން ބޮޑުވަޒީރުގެ މަގާމަށް އާބޭފުޅަކު ހޮވުމުގައި ކްރިސް ހިޕްކިންސްއަށް ވުރެ އެ މަގާމަށް ގާބިލު ބޭފުޅަކު ނެތް ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެންކަމުން ބޮޑުވަޒީރުގެ މަގާމަށް ވާދަވެރިކަމެއް ނެތި އެއްބުރުން އޭނާއަށް ވަނީ މަގާމު ކަށަވަރުވެފަ އެވެ.

ކްރިސް، 44، މިހާރު ހުންނެވީ ނިއު ޒީލެންޑްގެ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގަ އެވެ. ފުލުހުންނާއި އާންމު ޚިދުމަތްތަކުގެ ވެރިއައަކީ ވެސް އޭނާ އެވެ.

ކްރިސް ހިޕްކިންސްގެ ގާބިލުކަން ނިއު ޒީލެންޑަށް ފެނިފައި ވަނީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކަލުގަ އެވެ. އެއިރު އޭނާ ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގަ އެވެ.

ރިޕޯޓްތަައް ބުނާ ގޮތުން ޖެސިންޑާއަށް ފަހު ބޮޑުވަޒީރުގެ މަގާމަށް ޖަސްޓިސް މިނިސްޓަރު، ކިރީ އެލާން ހޮވުމާ މެދު ވެސް މަޝްވަރާކުރެވުނެވެ. އެހެން ނަމަވެސް ކްރިސް ފިޔަވައި އެހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް ކުރިމައިތި ނުލެއްވީ އެވެ.

ކްރިސްއަށް ތައުރީފްކުރައްވައި ޖަސްޓިސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ކްރިސް އަކީ ހުޝިޔާރު، ކުޅަދާނެ ލީޑަރެކެވެ. އަދި ނިއު ޒީލެންޑްގެ ވެރިއެއް ގޮތުގައި ހިތްވަރުގަދަ ލީޑަރަކަށް އޭނާ ވެވަޑައިގަންނަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910