އިލެކްޝަންސް ކޮމިޝަން

ތަކަންދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި

Jan 21, 2023

ހއ. ތަކަންދޫ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއެއްގެ ބައި-އިލެކްޝަން އެމްޑީޕީން މިއަދު ކާމިޔާބުކޮށްފި އެވެ.

މިއިންތިހާބުގައި ވާދަކުރީ އެމްޑީޕީން ފާތިމަތު ޝައުފާ އާއި އަމިއްލަ ގޮތުން ފަހީމާ މުހައްމަދެވެ.

ފާތިމަތު އިންތިހާބު ކާމިޔާބު ކުރީ 237 ވޯޓުންނެވެ. ފަހީމާ އަށް ލިބުނީ 203 ވޯޓެވެ.

ތަކަންދޫގައި މިއަދު ބައި-އިލެކްޝަނެއް ބޭއްވީ އެމްޑީޕީގެ ކައުންސިލަރު ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުންނެވެ.

ތަކަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި 675 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 448 މީހުންނެވެ.