ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސްވެރިންނާއި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު މިއަދު މާލޭގައި ބޮޑެތި މަގުތަކުގައި ބޭއްވި ހިނގާލުން ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދަށެވެ.
ގާނޫނު އަސާސީއާ ޚިލާފަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ވެސް ވަނީ އިއުލާންކޮށްފަ އެވެ.