ބޯޑެއްގެ މަތީ ފަލި ޖަހައިގެން އަށް ދުވަސް ތެރޭ ރާއްޖޭގެ ކަނޑުތައް ހުރަސްކުރުމުގެ ބުރަ ދަތުރު ފެށުމަށް އޮސްޓްރޭލިއާ މީހަކު ތައްޔާރުވެއްޖެ އެވެ.
ތާރީހީ މިދަތުރު ފަށަނީ އުމުރުން 47 އަހަރުގެ ޑެމިއަން ރައިޑާ އެވެ. އެޑްވެންޗަރާ އަދި އެކްސްޓްރީމް ސްޕޯޓްސް އެތްލީޓެއްގެ ގޮތުގައި ދުނިޔޭގައިވެސް ފާހަގަކޮށްލެވެ ޑެމިއަން އަކީ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ވެސް އަދި ލިޔުންތެރިކަމުގެ ދާއިރާގައިވެސް ފާހަގަކުރެވޭ މީހެކެވެ.
ޑެމިއަންގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހުވަދު އަތޮޅުންނެވެ.
ފާހަގަކޮށްލެވޭ ވޯލްޑް ރިކޯޑް ތަކެއްވެސް ހާސިލްކޮށްފައިވާ ޑެމިއަންގެ މިދަތުރުގައި ޖުމުލަ 480 ކިލޯމީޓަރަށް ފަލި ޖަހާނެ އެވެ.
މިދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކޮޅަށް ހުރެގެން ފަލި ޖަހާލެވޭ ސްޓާބޯޑް 14، ޓުއަރިން ބޯޑުގެ އިތުރުން ހަމަ ޕްރީ-ޕްރެގް ލީމާ ޕެޑްލް އެކެވެ.
ޑެމިއަންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު 115 ކިލޯމީޓަރުގެ ޗެނަލްގައި ޕެޑަލް ބޭނުންކޮށްގެން ދަތުރުކުރާ ފުރަތަމަ މީހާ އަށް ވުމެވެ.
ރާއްޖޭގެ ކަނޑުގައި ޑެމިއަން ފަލި ޖަހަމުންދާއިރު މުޅި މިދަތުރު ޑޮކިއުމެންޓް ކުރަމުންދާނެ އެވެ.
ޑެމިއަން ބޭނުންކޮށްގެން މީގެކުރިން ނެޝަނަލް ޖިއޮގްރަފީ އިން ދެ ޑޮކިއުމެންޓެއް ހަދާފައިވެ އެވެ.