ރާއްޖެ ކުޅިވަރު

ގައުމީ ބާސްކެޓް ޓީމު ތައިލެންޑަށް

ޓްރޭނިން ކޭމްޕެއްގައި ގައުމީ ބާސްކެޓްބޯޅަ ޓީމު ތައިލެންޑަށް ދާން ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހު މި ޓީމު ފުރަނީ އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށެވެ.

ގައުމީ ޓީމު މިހާރު ފައިނަލްކޮށްފައިވާއިރު މުބާރާތުގެ ކުރިން ޓީމަށް ރަނގަޅު ފެސިލިޓީސްއާއެކު ފަރިތަކުރުން މުހިންމު ކަމަށް ބާސްކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަހުމަދު ފަޔާޒެވެ.

ގައުމީ ޓީމުގެ އިތުރުން ގައުމީ އަންހެން ބާސްކެޓް ޓީމު ވެސް ގޭމްސްގައި ވާދަކުރާނެ އެވެ.