އަފްޣާނިސްތާން

އަފްގާން ފުލުހަކު އެގައުމުގެ 10 ފުލުހުން މަރާލައިފި

އަފްގާނިސްތާނުގައި ފުލުހަކު މަސްތުވާ ތަކެތި ބޭނުންކޮށް، މަސްތުގެ ހާލަތުގައިހުރެ 10 ފުލުހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އުރުޒްގާން ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު ދޯސްތް މުހައްމަދު ނަޔާބް ޑީޕީއޭ ނޫސް އެޖެންސީ އަށް ވިދާޅުވީ އެ ފުލުހަކީ ހަތިޔާރު އެޅި ފުލުހުންނާއި ގުޅުން އޮންނަ މީހެއް ކަމަށާއި އޭނާ ފުލުހުންގެ ގަޔަށް ބަޑި ޖަހާފައިވަނީ އެމީހުން ނިދާފައި ތިއްބަ ކަމަށެވެ. އަދި އެމީހުންގެ ބަޑިތަކާއި ވަޒަންތައް ހިފައިން އެ ފުލުސް މީހާ މިހާރު ފިލާފައިވާ ކަމަށެވެ.

އުރުޒްގާން ޕްރޮވިންސްގެ ޗެކްޕޮއިންޓެއްގައި ދިން މިހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގާފަ އެވެ. އަދި އެފުލުސް މީހާ މިހާރު އެމީހުންނާއެކު ހުރި ކަމަށްވެސް ތާލިބާނުން ވަނީ ބުނެފަ އެވެ.

މުހައްމަދު ވިދާޅުވީ އެޗެކްޕޮއިންޓުން ހަތިޔާރު މަދުވެފައިވާ ކަމަށާއި އަދި އެތާގައި ބޭނުންކުރާ ފުލުހުންގެ ވެހިކަލްގައިވެސް ރޯކޮށްލާފައިވާ ކަމަށެވެ. މިހަމަލާގައި އިތުރު ފުލުހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައެއް ނުވެ އެވެ.