ދިރާގު

ދުވާލަކު 4 ޖީބީގެ ޑޭޓާ ލިބޭ އެޑްއޮން އެއް ދިރާގުން ތައާރަފްކޮށްފި

Jan 31, 2023

ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮންއާއެކު ކޮންމެ ދުވަހަކު 4ޖީބީ ޑޭޓާ!

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް 4ޖީބީ ލިބޭ އެޑް-އޮން އެއް ތައާރަފްކޮށްފި އެވެ.

"ސަޅި 28 ޑޭސް"ގެ ނަމުގައި ތައާރަފްކުރި މި އެޑް-އޮން އިން 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ އެވެ.

ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S3GB28’ ޖަހާފައި އެސްއެމްއެސް ކުރުމުން މި އެޑް-އޮން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ އަދި ކޮންމެ ދުވަހަކު ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭން އިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.