ހަބަރު

ވައްކަމުގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

Jan 23, 2015

ވައްކަމުގެ މައްސަލައަކާ ގުޅިގެން ގއ. މާމެންދޫއިން ފުލުހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ފުލުސް މީހާ ހައްޔަރުކުރީ މާމެންދޫ ސުނާމީ ސައިޓުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާފައި ތިބި ގޮޅިއަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނުކަމުގެ ތުހުމަތުގައި ވެސް ފުލުހަކު ހައްޔަރުކޮށްފައިވެ އެވެ.