ސިހުރު ހެދުން

ގއ. ވިލިނގިލިންވެސް ސިހުރުހާ ދެ މީހަކު ހައްޔަރުކޮށްފި

Jan 26, 2016

ސިހުރު ހަދާ ކަމަށް ތުހުމަތުވެގެން ގއ. ވިލިނގިލީ ދެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރީ 66 އަހަރުގެ ފިރިހެނަކާއި 61 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ ގެ ބަލައިފާސްކުރިއިރު އެ ދެ ގެއިންވެސް ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ ފޮތްތަކާއި ލިޔުންތައް ފެނިފައެވެ.

އެގޮތުން މި ދެގެއިން ފެނުނުތަކެތީގެ ތެރޭގައި 90 އަށްވުރެ ގިނަ ފޮތާއި އަށް ފައިލެއްގެ އިތުރުން ގިނަ ލިޔުންތަކެއް ހިމެނެ އެވެ.

މި ރަށުން ދެ މީހަކު ހައްޔަރު ކުރި އިރު ސިހުރު ހަދާ ކަމަށް ތުހުމަތު ވެގެން އިއްޔެ ތ. ދިޔަމިގިލިން ވެސް މީހަކު ހައްޔަރު ކުރި އެވެ.