ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަތަރު ރަށެއްގައި ދަނާލު އަޅަނީ

ރާއްޖޭގެ ހަތަރު ރަށެއްގައި ދަނާލު ބިނާކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

ދަނާލު އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

އެ މިނިސްޓްރީން ބުނީ އަތޮޅުތަކަށް މަތީ ތައުލީމު ފުޅާކޮށް ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން ހަތަރު ރަށެއްގައި ދަނާލު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައިވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގަ އެވެ.

ދަނާލު މަޝްރޫއުގެ ސަބަބުން އަމިއްލަ ރަށުން ލިބެން ނެތް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދުމަށް އެހެން ރަށްރަށަށް ދާ ދަރިވަރުންނަށް އަގުހެޔޮކޮށް ތިބެވޭނެކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެ އެވެ.