ދ. ކުޑަހުވަދޫ ސިނާއީ ސަރަހައްދު ކައިރީގައި ހުރި ތަނެއްގައި އަލިފާން ރޯވެ އަނދަނިކޮށް ނިއްވާލައިފި އެވެ.
މި އަލިފާންގަނޑު ރޯވެފައި ހުއްޓާ ނިއްވާލީ ފުލުހުންނާއި ސިފައިންނެވެ. ފުލުހުން ބުނީ ގިނަ ޢަދަދެއްގެ ލަކުޑި ހުރި އެތަނުގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށާއި ރޯވި އަލިފާން މާގިނަ އިރުތަކެއް ނުވަނީސް ނިއްވާލެވުނީ ކުޑަހުވަދޫގެ އާއްމުންގެ އެހީތެރިކަމާއެކު ކަމަށެވެ.
މިހާދިސާގައި އެތަނުގައި ހުރި ލަކުޑިތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ރޭ ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އެ އިންޖީނުގެ ވެސް ވަނީ އަނދައިގެން ގޮސްފައެވެ.