އަބްދުﷲ ޝާހިދު

ޝާހިދު ލަންކާއަށް ވަޑައިގެންފި

Feb 2, 2023
1
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާގައި
0%
0%
0%

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާއަށް ވަޑައިގެންފި އެވެ.

ޝާހިދު ލަންކާ ވަޑައިގެންނެވީ އެ ގައުމުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ އާއި އެގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ބައްދަލުކުރައްވާނެ ކަމަށެވެ.

ޝާހިދު އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދުވެސް ލަންކާ އަށް ވަޑައިގެންނެވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345