އަބްދުﷲ ޝާހިދު

ލަންކާގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

Feb 4, 2023
ލަންކާގެ ރައީސްއާ އެކު ޝާހިދު
0%
0%
0%

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އެގޮތުން ޝާހިދު މިއަދު ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އަދި ބޮޑުވަޒީރު ދިނެޝް ގުނަވާޑެނާގެ އިތުރުން ލަންކާގެ ހާރިޖީ ވަޒީރު އަލީ ސޮބްރީއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޝާހިދު މަޝްވަރާކުރެއްވި ކަމަށެވެ.

ލަންކާގެ ބޮޑުވަޒީރާ އެކު ޝާހިދު

މިނިސްޓަރު ޝާހިދު މިއަދު ވަނީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލުކުރައްވާފަ އެވެ.

ޝާހިދު ލަންކާ އަށް ވަޑައިގެންނެވީ އެގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345