ހަބަރު

ތިނަދޫގައި ފިނިކުރަންޖެހޭ ތަކެތި މިފްކޯއިން ފިނިކޮށްދޭން ފަށައިފި

Jan 26, 2016
1

ކަރަންޓު ކެނޑިފައިވާ ގދ. ތިނަދޫއަށް އެހީތެރިވުމުގެ ގޮތުން އެ ރަށުގެ އާންމުންނާއި ވިޔަވާރިވެރިން ފިނިކޮށްގެން ގެންގެންގުޅޭ ކާބޯތަކެތި ފިނިކުރެވޭނެ ނިޒާމު މިފްކޯގެ އައިސްޕްލާންޓްގައ ގާއިމުކޮށްދީ ފޯނު ޗާޖް ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިފްކޯއިން ބުނީ އެ ހިދުމަތްތައް ތިނަދޫގައި ދެނީ އެ ރަށުގައި ހުންނަ މިފްކޯގެ އައިސްޕްލާންޓްގެ ޖަނަރޭޓަރުތަކުން ކަމަށާއި އިތުރު ހިދުމަތެއްގެ ގޮތުގައި ހޮސްޕިޓަލްގައި ތިބި ބަލި މީހުންނަށް މިފްކޯގެ އުފެއްދުމެއް ކަމަށްވާ "ބޮނެފެނަ" ހަދިޔާކޮށް މިފްކޯގެ އުޅަނދުތައް ބޭނުންކޮށްގެން ދިއްލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރޭ އަލިފާން ރޯވެ ތިނަދޫ އިންޖީނުގެ އަނދައިގެން ދިއުމުން އެ ރަށުގެ ކަރަންޓަށް ވަގުތީ ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާއިރު ގިނަ ކުންފުނިތަކުން ވެސް ދަނީ އެރަށަށް އެހީވަމުންނެވެ