ފިނިޕޭޖް

ޑިޒައިނާ ޕާކޯ ރަބޭން މަރުވެއްޖެ

ސްޕެއިން ދަރިކޮޅުގެ ފެޝަން ޑިޒައިނަރު ޕާކޯ ރަބޭން އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.

ޕާކޯ މަރުވެފައިވަނީ ފްރާންސްގައި ހުންނަ ގޭގައި މިދިޔަ ހުކުރު ދުވަހު އެވެ.

ޕާކޯ މަރުވުމުގެ ހަބަރު ޕުއިގް ކުންފުނިން ކަށަވަރުކޮށްދީފައިވާއިރު ޕާކޯގެ މަރުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕުއިގް ކުންފުންޏަކީ ޕާކޯގެ ފެޝަން އަދި ސެންޓު ކުންފުނީގެ މައި ކުންފުންޏެވެ.

ފްރާންސިސްކޯ ރަބަނޭޑާ ކުއޭވޯގެ ގޮތުގައި އުފަންވި ޕާކޯ ކެރިއާ ފަށާފައިވަނީ ޑިއޯ، ބެލެންސިއާގާ އަދި ޖިވެންޝީ ފަދަ ޑިޒައިނާ ބްރޭންޑްތަކަށް ޑިޒައިންކުރަމުންނެވެ.

ޕާކޯ އަކީ 1966 ގައި އަމިއްލަ ލައިން ލޯންޗުކޮށް، ޗެއިންމެއިލް ފަދަ ފިއުޗަރިސްޓިކް އަވަން-ގާޑް ސްޓައިލަކުން ފެޝަން ދުނިޔެއަށް ބަދަލު ގެނެސް، 1970ގެ އަހަރުތަކުގައިވެސް އިންޓަނެޓްގެ މުހިއްމުކަން ދެނެގަނެ އީ-ކޮމާސް ފެށި ޑިޒައިނަރެކެވެ.

ޑިޒައިންކުރުމުގެ އިތުރުން ޕާކޯ ވަނީ ސެންޓްވެސް އުފައްދާފަ އެވެ. މިގޮތުން ޕުއިގްއާ އާއި ގުޅިގެން 1969 ގައި "ކެލެންޑާ"ގެ ނަމުގައި ފުރަތަމަ ސެންޓު ނެރުނެވެ. އަދި ފަހުން "އެކްސްއެސް"، ބްލެކް އެކްސްއެސް"، "ފެންޓަމް"، "އިންވިކްޓަސް"، "1 މިލިއަން"، "ލޭޑީ މިލިއަން" ފަދަ ކާމިޔާބު ސެންޓުތަކެއް ނެރެފައިވެ އެވެ.

މީގެ އިތުރުން ފޮތެއް ލިޔެ، ކުރެހުންތަކެއް ވެސް ޕާކޯ ނެރެފައިވެ އެވެ. އަދި 1999 ގައި ފެޝަން ޑިޒައިނިން އިން ރިޓަޔާކުރުމުން، 2011 ގައި "ދަ ހައުސް އޮފް ޕާކޯ ރަބޭން" ވަނީ މަނީޝް އަރޯރާ ރީލޯންޗުކޮށްފަ އެވެ އަދި ފަހުން ޖޫލިއެން ޑޮސޭނާ މަނީޝްގެ ބަދަލުގައި މަސައްކަތް ކުރި އެވެ.