އީޕީއޭ

މަޑިފުށީގައި އެއްގަމުތޮށިލީ ގޮތުން ޖޫރިމަނާކޮށްފި

Feb 7, 2023

މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއު ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުމާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

މަޑިފުށީގައި އެ މަސައްކަތްތައް ކޮށްފައިވަނީ ތިމާވެށީގެ ކްލިއަރެންސް ނުހޯދާ ކަމަށްވެސް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުގެ ދަށުންނެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް ދީފައިވަނީ އީޕީއޭ އިން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ތިމާވެށީގެ ގާނޫނާ ހިލާފަށް އަމަލުކޮށްގެން މީގެކުރިން ވެސް ކުންފުނިތަކާއި އިދާރާތައް ޖޫރިމަނާކޮށްފައިވެ އެވެ.