ދިރާގު

އިތުރު ޕްރީޕެއިޑް ޕްލޭންސްއާއެކު ދިރާގު ސަޅި ޕްރީޕެއިޑް މިހާރު މާ ސަޅި

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްލޭންތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސަޓަމަރުންނަށް މިހާރު "ސަޅި 180 ޑޭސް" އަދި "ސަޅި 365 ޑޭސް"ގެ ނަމުގައި ދެ ޕްލޭނެއް ނެގޭނެ އެވެ.

މިގޮތުން "ސަޅި 180 ޑޭސް" ޕްލޭން އިން ކަސްޓަމަރުންނަށް ދުވާލަކު 4 ޖީބީ ޑެއިލީ ޑޭޓާ -- ޖުމުލަ 720 ޖީބީ 180 ދުވަހަށް 2،699 ރުފިޔާއަށް ލިބޭނެ އެވެ. އަދި "ސަޅި 365 ޑޭސް" ޕްލޭން އިން ޖުމްލަ 365 ޖީބީ އެއް އަހަރުގެ މުއްދަތަށް 2،999 ރުފިޔާއަށް ލިބިގެންދާނެ އެވެ.

މި ދެ ޕްލޭނުން ކުރެ ކޮންމެ ޕްލޭނަކުންވެސް ކަސްޓަމަރުންނަށް ހުރިހާ ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑްކޮށް ގުޅާލެވޭނެ އެވެ. އަދި ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު ކަސްޓަމަރަށް އިހްތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް "ސަޅި 180 ޑެސް" އަށް ނަމަ "S4GB6M" ނުވަތަ "ސަޅި 365 ޑޭސް" އަށް ނަމަ "S1GB1Y" ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް މި ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.