އެލްޖީއޭ

ދެ ކައުންސިލެއްގެ ދެ މެންބަރަކު އިސްތިއުފާދީފި

ދެ ކައުންސިލެއްގެ މެމްބަރަކު އިސްތިއުފާދީފައިވާ ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

އެލްޖީއޭއިން ބުނެފައިވާ ގޮތުގައި، ރ. ދުވާފަރު ކައުންސިލްގެ ނާއިބް ރައީސްގެ މަގާމުން އާމިރު އަހުމަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާދެއްވީ މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ކައުންސިލަށް ނައިބް ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާ ކަމަށް އެލްޖީއޭއިން ބުނެ އެވެ.

މ. ނާލާފުށީ ކައުންސިލްގެ މެމްބަރުކަމުން ހަލީމަތު ރިޒްނާ ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އިސްތިއުފާދެއްވީ އެހެން ވަޒީފާ އަކަށް ބަދަލުވާން ބޭނުންވާތީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ކަމަށް އެލްޖީއޭ އިން ބުނެ އެވެ.