ހަބަރު

ތައުޒިޔާ ދެންނެވުމަށް ސަރުކާރުގެ ވަފުދެއް ސައުދީއަށް ފުރައިފި

Jan 23, 2015

ސައުދީ އަރަބިއާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ރޭ އިރާކޮޅު އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ތައުޒިޔާ ދެންނެވުމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ އެކު ސަރުކާރުގެ ވަފުދެއް މިރޭ ސައުދީއަށް ފުރައި ވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވެސް މިރޭ އެކަން ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ޑރ. ޖަމީލްގެ އިތުރުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

ރަސްގެފާނު އަބްދުﷲ ރޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ކޮއްކޯފުޅު ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ ރަސްކަމުގެ ތަހުތަށް އިސްކޮށްފަ އެވެ.