ޕިކްނިކް އައިލެންޑް

ކުޑަގިރި ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކުޑަގިރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ރައީސް ސޯލިހް ކުޑަގިރި ހުޅުއްވައި ދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ވަޒީރުންނާއި ކުޑަގިރި ތަރައްގީކުރުމުގެ މަޝްރޫއުގައި ބައިވެރިވި ކުންފުނިތަކުގެ ވެރިންގެ އިތުރުން އާއްމުންވެސް ބައިވެރިވި އެވެ.

ކުޑަގިރި ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހް ރަށް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުޑަގިރިއަށް ދަތުރުދާ މީހުން ހަފްތާގެ ރަސްމީ ދުވަސްތަކުގައި ދަތުރުދާނަމަ ފެރީ ޓިކެޓަށް ބޮލަަކަށް ދެކޮޅަށް 25 ރުފިޔާ ދައްކަން ޖެހެ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބަ އެވެ. މީގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ހަފްތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.

ކުޑަގިރި -- ފޮޓޯ: އެޗްޑީސީ

މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި 44 ސީސީޓީވީ ކެމެރާ މި ރަށުގެ އެކި ސަރަހައްދުގައި ގާއިމުކޮށްފައިވެ އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345