ހުޅުމާލެ

ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

Feb 11, 2023

ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މީހާގެ މައްޗަށް ތުހުމަތުކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑެއް ތަޅާލުމުގެ ތުހުމަތެވެ.

ބިއްލޫރިގަނޑު ތަޅާލުމަށް ހޫރާލި ގާބުރިން ޖެހިފައި އަނިޔާވި ފުލުހަކަށް ހޮސްޕިޓަލްގައި ވެސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުން ފިޔަވައި ފުލުހުން މިމައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.