ލައިފްސްޓައިލް

ފޭރު: ހިތުގެ ދުޅަހެޔޮ ކަމަށް ރަނގަޅު މޭވާއެއް

ގަހެއްގައި ފޭރު އަޅާފައި
0%
0%
0%

ޑައިރިއާއާއި ޑައިބެޓީސްގެ އިތުރުން ކޮލެސްޓްރޯލް މަތި މީހުން ކެއުމަށް ރަނގަޅު މޭވާތައް ވަރަށް ގިނަ އެވެ. ހާއްސަކޮށް ފޭރަކީ ވަރަށް ފާހަގަކޮށްލެވޭ މޭވާ އެކެވެ.

ފޭރުގެ ސަބަބުން ހިތުގެ ހިނގުން ރަނގަޅު ކޮށްދޭ ކަމަށް ވަރަށް ގިނަ ސައިންސްވެރިން ގަބޫލުކުރެ އެވެ.

އެގޮތުން ދިރާސާތަކަށް ބަލާއިރު ފޭރުގަހުގެ ފަތުގައި ހިމެނޭ ވިޓަމިންތަކުގެ ސަބަބުން ހިތަށް ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭން އެހީތެރިކަން ފޯރުކޮށްދެ އެވެ.

މީގެ އިތުރުން ފޭރުގައި ގިނަ އަދަދަކަށް ޕޮޓޭސިއަން ހިމެނޭތީ ހިތުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި ލޭ މައްޗަށް ދާ މީހުންނާއި ކޮލެސްޓްރޯލް ބަލި ހުންނަ މީހުންނަށްވެސް ފޭރުގެ ސަބަބުން ވަރަށް ގިނަ ފައިދާތައް ލިބެ އެވެ.

ފޭރުގައި ޑައިޓަރީ ފައިބާ ކިޔާ މާއްދާ ރަނގަޅު ވަރަކަށް ހިމެނޭތީ ފޭރުގެ ސަބަބުން ބަނޑު ހިކުން ފަދަ ކަންކަމުން ދުރުކޮށްދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ފޭރަކުންވެސް ޑައިޓަރީ ފައިބާ މާއްދާގެ 12 އިންސައްތަ ހަށިގަނޑަށް ލިބެ އެވެ.

ހަށިގަނޑުން ބަރުދަން ލުއި ކުރުމަށާއި ރަނގަޅު ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށްވެސް ފޭރު މުހިއްމު ދައުރެއް އަދާކުރެ އެވެ.

ދިވެހިންގެ ތެރޭގައި ފޭރު އެންމެ މަގުބޫލު ވަނީ ރޯދަ މަހުގެ ތެރޭގަ އެވެ. އެގޮތުން ރޯދަ މަހު ފޭރުގައި ފަނި ގިރާ ގެތައް ރާއްޖޭގައި ވަރަށް ގިނަވާނެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

1 comment
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345