ދުނިޔެ

ސީރިއާ މަތިން އިރާންގެ ޑްރޯނެއް ވައްޓާލައިފިން: އެމެރިކާ

އީރާންގެ ނިއުކްލިއާ ދަރަޖައިގެ ޑްރޯންތައް ސީރިއާ މަތިން އުދުހޭ މައްސަލަ ބޮޑު ކަމަށް އެމެރިކާ ބުނޭ
0%
0%
0%

ސީރިއާގެ އިރުއުތުރުގައި އެމެރިކާގެ އަސްކަރިއްޔާ ކޮންޓްރޯލް ކުރާ ސަރަހައްދުން، އީރާންގެ ޑްރޯނެއް ވައްޓާލި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

މި ޑްރޯނަކީ، ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުން ސީރިއާގެ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ބަލަން އުދުހުނު ޑްރޯނެކެވެ.

ސީރިއާގައި، އީރާނާ ގުޅުމެއް ނެތް ސަރަހައްދުތަކުގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ގިނަވަމުން އަންނަ މައްސަލަ ވެސް ވަނީ އެމެރިކާއިން ފާހަގަކޮށްފަ އެވެ.

އެމެރިކާ ބުނާ ގޮތުން އީރާންގެ ބޭނުމަކީ ސީރިއާގައި އަސްކަރީ ފެންވަރުގެ މަރުޒަކުތައް ބިނާކޮށް ސަރަހައްދަށް ބާރުގަދަކުރުމެވެ.

އީރާންގެ މި ހަރަކާތްތަކާ ބެހޭ ގޮތުން އިޒްރޭލުން ވެސް ވަނީ އިންޒާރު ދީފަ އެވެ.

އެމެރިކާގެ އިންޓެލިޖެންސާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ޔަމަނުގައި އީރާނާ އެއްކޮޅަށް ހަރަކާތްތެރިވާ ހޫތީންގެ ބައިގަނޑެއް ސީރިއާގައި ގޮވާންކުރެވިއްޖެ ނަމަ، މުޅި ސަރަހައްދަށް އީރާންގެ ބާރު ފަތުރާލަން ފަސޭހަަތަކެއް ވާނެ އެވެ.

އީރާންގެ ޑްރޯނަކަށް އެމެރިކާ ސިފައިން ހަމަލާދީ ވައްޓާލަނީ

އީރާންގެ މި އަމަލަކީ ސައޫދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވެސް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް މި ދެ ގައުމުން ވެސް ބުނެ އެވެ.

ސައޫދީ އަށާއި ޔޫއޭއީއަށް ހޫތީންގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައި އޮތްއިރު، ގަލްފްގައި ހިމެނޭ އަރަބި ގައުމުތަކަށް އީރާންގެ މި ހަރަކާތްތަކުން ނުރައްކާވާނެ އެވެ.

އީރާނާ އެކު ސުލްހަ ގާއިމުކުރުމަށް ގަލްފުގެ އަރަބި ގައުމުތަކަށް އޮތް ހުރަހަކީ ވެސް ސަރަހައްދީ މަސްލަހަތައް ނުބަލައި އީރާނުން ހަނގުރާމަވެރިންނަށް ވާގިވެރިވުމެވެ. އަދި ޔަމަނާއި ސީރިއާގައި ހަަރަކާތްތެެރިވާ މުޖާހިދީންނަށް ހަތިޔާރު ފޯރުކޮށްދިނުމެވެ.

ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ސުހްލަ ގާއިމުކުރުމަށް ކުރެވޭ މަޝްވަރާގައިވެސް މި މައުލޫ އޮތީ ހިމަނާފަ އެވެ. އެހެން ނަމަވެސް، އީރާންގެ ކިބާގައި ފެށުނީއްސުރެ އޮންނަ ވަކިވެގަތުން ދޫކޮށްލަން އަދިވެސް ރުހެވޭ ގޮތް އޮތީ ނުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910