އެޗްޑީސީ

ވިނަރެސް އިން ކުދި ވިޔަފާރިތަކަށް ޔުނިޓް ދޫކުރަނީ

Feb 15, 2023
1

ވިނަރެސް ފްލެޓްތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ޔުނިޓްތަކެއް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީ އިން ވަނީ ވިނަރެސްގެ ތިން ޓަވަރަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރީޓެއިލް ފިހާރައަށް ހާއްސަ ޔުނިޓު ދޫކުރަން ނިންމާފަ އެވެ.

\ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ޔުނިޓްތައް

  • ވީ2-01-02: 892.44 އަކަފޫޓު
  • ވީ5-01-02: 596.54 އަކަފޫޓު
  • ވީ7-ޖީ-07: 295.36 އަކަފޫޓު
  • ވީ7-01-01: 755.95 އަކަފޫޓު

ޔުނިޓްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ޔުނިޓްތަކަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭނީ މާޗް ހަތްވަނަ ދުވަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ.

ކުދި އަދި މެދު ފަންތީގެ ފިހާރަތަކުގެ އިތުރުން މި ޓަވަރުތަކުގައި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް އާއި އޮފީސް ސްޕޭސްގެ އިތުރުން ކެފޭ / ރެސްޓޯރެންޓް ހިންގާނެ ޖާގަ ކަނޑައަޅާފައިވެ އެވެ.

ވިނަރެސް ޓަވަރުތައް ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ.