ވިނަރެސް ފްލެޓް

ވިނަރެސްގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށައިފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ވީ9 އަދި ވީ10 ގެ ފްލެޓްތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށީ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ވީ1 އިން ވީ4 އާ ދެމެދުގެ ފްލެޓްތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށީ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި ވީ5 އިން ވީ8 އާ ދެމެދުގެ ފްލެޓްތަކުގައި މި ސިސްޓަމް ބޭނުންކުރަން ފެށީ އަންގާރަ ދުވަހުން ފެށިގެންނެވެ.

އެޗްޑީސީ އިން ބުނީ ވިނަރެސްގެ އެކްސެސް ޓެގު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:30 އަށް ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން ދޫކުރާނެ ކަމަށެވެ.

ޓެގާއި ހަވާލުވުމަށް ފްލެޓުގެ މެއިން އެޕްލިކެންޓް އަންނަނަމަ އެމީހެއްގެ އައިޑީކާޑު އަދި ކޯ-އެޕްލިކެންޓް އަންނަނަމަ މެއިން އެޕްލިކެންޓާއި ކޯ-އެޕްލިކެންޓްގެ އައިޑީކާޑު ކޮޕީ ހިފައިގެން ދިއުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

މެއިން އެޕްލިކެންޓާއި ކޯ-އެޕްލިކެންޓަށް ނާދެވޭނަމަ ޕަވާ އޮފް އެޓާނީ ހަވާލު ކުރެވިފައިވާ މީހާއަށް ޓެގް ހަވާލު ކުރެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.