ދިރާގު

މާދަމާ ފަށާ އެތިލެޓިކްސް މުބާރާތަށް ދިރާގާއި އެސޯސިއޭޝަން ތައްޔާރު

Feb 22, 2023

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭއޭއެމް) އިން ކުރިއަށްގެންދާ މި އިވެންޓުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގަ އެވެ.

ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އާ ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭއޭއެމްއަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.