ފެމިލީ ކޯޓް

ރީތި ތާރީހެއް: މިއަދު 38 ކައިވެނި

މި އަހަރުގެ ރީތި އެއް ތާރީހުގައި ފެމިލީ ކޯޓުގައި މިއަދު 38 ކައިވެނި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު 23/2/23 ގައި އެހާ ގިނަ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ރީތި ތާރީހަކަށް ވުމުންނެވެ.

ފެމިލީ ކޯޓުން ބުނެފައި ވަނީ މިއަދު ރަސް،މީ ގަޑިގައި 19 ކައިވެންޏެއް ކުރާނެ ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި 19 ކައިވެންޏެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ފެމެލީ ކޯޓުގައި މިއަދު ވަނީ 21 ވަރީގެ މައްސަލަ ވެސް ތާވަލުކޮށްފަ އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ރީތި ތާރީހުތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކައިވެނި ކުރެ އެވެ. މިދިޔަ އަހަަރު އެންމެ ގިނަ މީހުން ކައިވެނިކޮށްފައި ވަނީ 22/2/22 ވަނަ ދުވަހު އެވެ. އެ ދުވަހު މާލޭގައި 87 ކައިވެނި ކުރި އެވެ.

ކައިވެނި ޕާޓީތައް ކުލަގަދަކޮށް އަބަދުވެސް ރާއްޖޭގައި ފާހަގަކުރެ އެވެ. ފަހަކަށް އައިސް ރަންކިޔުމުގެ ރަސްމިއްޔާތު ވެސް ވަރަށް ކުލަގަދަކޮށް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ.