ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 309 ކައިވެނި، 94 ވަރި

ފެމިލީ ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

މިދިޔަ ޑިސެމްބަރު މަހު މާލޭގައި 309 ކައިވެނި ކުރިއިރު އެމަހު 94 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ވަރީގެ 144 މައްސަލަ ހުށަހެޅި އެވެ. ވަރީގެ 120 މައްސަލަ ނިންމާފައިވާއިރު މިދިޔަ އަހަރުގެ ކުރިން ހުށަހެޅުނު ވަރީގެ މައްސަލަތަކާއެކު ނުނިމި އޮތީ 160 މައްސަލަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން ވަނީ 158 މައްސަލަ އެއް މިދިޔަ ޑިސެމްބަރު މަހު ނިންމާފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި ހަރަދުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކާއި އާއިލީ އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

ކުޑަކުދިންނާ ގުޅުންހުރި ހަތް މައްސަލައަކާއި ހަރަދުގެ 11 މައްސަލައެއް އެ ކޯޓުން ވަނީ މިދިޔަ މަހު ނިންމާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 15 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމި އެވެ. މީގެތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި މަރު ސާބިތު ކުރުމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910