ފައްޔާޒް އިސްމާއީލް

އިންތިހާބަށް ރައީސް ނަޝީދާ މިދަނީ މަޝްވަރާކުރަމުން: ފައްޔާޒު

Feb 23, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކުރިއަށް ދިއުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ކުރުންތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފައްޔާޒު ވަނީ ރިޔާސީ އިންތިހާބަށް ބަދަހި ސަފުތަކެއް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ރިޔާސީ އިންތިހާބަށް ގާތްވަމުންދާ ވަރަކަށް އަޅުގަނޑުމެންގެ ބަދަހިސަފުތަކެއް އޮންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ހިޔާލު ތަފާތުވުން ހުންނާނެ ކަމަށެވެ. މިހާރު ކުރިމަތިވެފައި އޮތީ ޕާޓީގެ ބާރު ވެރިކަމުގެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޯލިޝަންގައި ބައިވެރިވާޏް ތިބި ޕާޓީތަކާއެކު މަސައްކަތް ކުރައްވާނީ ރިޔާސީ އިންތިހާބު ރައީސް ސޯލިހް އެއްބުރުން ކާމިޔާބު ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދިއުމަކީ ތަކުލީފުތަކެއް ލިބި އެތައް ކަމެއް އޭގެ ތެރެއަށް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީއޭއާއެކު ކުރިއަށް ދިއުމަށް އެމްޑީޕީން މަޝްވަރާކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށާއި އިންތިހާބުގައި ވާދަކުރާ ބަޔަކާ އެކު ކޯލިޝަނެއްް ހެދުމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދު ވަނީ ނިންމަވާފަ އެވެ.