ފައްޔާޒް އިސްމާއީލް

ބޭނުންވާ ނަތީޖާ ހޯދާ ދެވިފައިނުވާތީ ފައްޔާޒު މައާފަށް އެދިވަޑައިގެންފި

އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ މަދުވެގެން 56 ޕަސަންޓް ވޯޓާއެކު ކަމަށް ވިދާޅުވެވުމުން ވަރަށް ގިނަ ބަޔަކު ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުދާތީ އެކަމުގެ ޒިންމާ ނަގާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މައާފަށް އެދިވަޑައިގެންފި އެވެ.

އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މައާފަށް އެދެންޖެހޭ ހާލަތުގައި މައާފަށް އެދޭނެ ކަމަށާއި މައާފަށް އެދެންޖެހިއްޖެ ނަމަ ޖެހިލުމެއްނެތި މައާފަށް އެދޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރެއްގެ ޒިންމާއެއް އެކަމުގައި އަޅުގަނޑު އެބަ ނަގަންޖެހޭހެން. 56 ޕަސަންޓުން މޮޅުވާ ވާހަކަ ދެންނެވީމާ ވަރަށް ގިނަ ބޭފުޅުން ވޯޓުލާން ނުގޮސް ތިބީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިޝާރާތްކުރެއްވީ މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކައަށެވެ.

އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް 56 ޕަސަންޓް ލިބޭ ކަމަށާއި ނަމަވެސް އެމްޑީޕީ މޮޅުވާތީ ގިނަ މީހުން ވޯޓުލާން ނުނިކުންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ނަންބަރު ލިބޭ. އެހެން ނަމަވެސް މޮޅުވާތީ ވަރަށް ގިނަ އަޅުގަނޑުމެންގެ ވޯޓާސް ނުނިކުންނަވާ މޮޅުވެފަ އޮތީމަ. ފަސޭހަ ކަމެއް ނޫން ބޮޑެތި ކިޔުތަކުގައި ޖެހިގެން ވޯޓުލުން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް އިތުރަށް ބޭނުންވާ 37،000 ވޯޓު ނުލެވުމުގައި ސަބަބުތަކެއް ހުރި ކަމަށެވެ. އެގޮތުން ރީ-ރަޖިސްޓްރީކުރި މީހުންގެ އަދަދު މަދުވުމުުގެ ސަބަބުން ގިނަ ބަޔަކު ރަށްތަކަށް އުފުލުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކުރީގެ އިންތިހާބުތަކުގައި ވޯޓުލާ ގަޑި ލަސްކޮށްފައިވާތީ މިފަހަރުވެސް ގަޑި ލަސްކުރާނެ ކަމަށް ބަލައި ހަވީރު ވޯޓުލާން ތިބި މީހުންނަށް ވޯޓު ނުލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345