ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ތައުރީފު ރައީސް ސޯލިހަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ހިތްވަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތައުރީފު ކުރައްވައިފި އެވެ.

ރައީސް ސޯލިހަށް ތައުރީފު ކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ކުރެއްވެވީ ފުރިހަމަ ކެމްޕޭނެއް ކަމަށެވެ.

"ރައީސް ސޯލިހު ކުރެއްވެވި ފުރިހަމަ ކެމްޕޭން އާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް މަނިކުފާނަށާއި އެމްޑީޕީއަށް ނުހަނު މަރުހަބާ ދަންނަވަން،" ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން އެއްވެސް މީހަކު އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް އެމަނިކުފާނު ރޭ އެދިވަޑައިގެންނެވި އެވެ.

އެކަމަށް އެދިވަޑައިގެން ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް 126،842 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910