ދުނިޔެ

އީރާންގައި އަނެއްކާވެސް އާންމުން މަގުތަކަށް، މި ފަހަރު ޒަހަރުދިން މައްސަލަ

އީރާންގައި ހަތަރުު ސިޓީއެއްގައި ސްކޫލް ދަރިވަރުންތަކެއް ވިހަވެެއްޖެ އެވެ. މިއީ ހަމަނުޖެހުން އުފައްދަން ގޮވާލާ މީހުން ބުނާ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގާ ލާއިންސާނީ އަމަލުތަކެކެެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައިސީ ވިދާޅުވި ގޮތުގައި، އީރާންގައި އޮތް ވެެރިކަމުގެ ބާރުފެނިފައި ހުޅަނގުގެ ގައުމުތަކުން އުޅެނީ ހަދާނެ ގޮތް ހުސްވެގެންނެވެ. ސްކޫލް ދަރިވަރުންނަށް ޒަހަރު ދިނުމަކީ ވެސް އިރާންގެ ވެރިކަން ވައްޓާލުމަށް ހުޅަނގަށް ވާގިވެރިވާ މީހުން ކޮށްގެން އުޅޭ ކަމެކެވެ.

އެހެން ނަމަވެސް، މުޒާހަރާކުރާ މީހުން ބުނާ ގޮތުން ސްކޫލް ދަރިވަރުންނަށް ޒަހަރު ދިނުމަކީ ސަރުކާރުން އަލަން ކުރާ ކަމެއް ނޫނެވެ. މީގެ ދުވަސްތަކެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި މަރުވި މަހްސާ އަމީނީގެ މަރާ ގުޅިންގެ އީރާންގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ވެސް، ސްކޫލް ކުދިންނަށް ވަނީ ޒަހަރު ދީފަ އެވެ.

އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ހުޅަނގުން މަސައްކަތްކުރަކީ ބެލެނިވެރިންނާއި ސަރުކާރާ ޖައްސައި -- ދަރިވަރުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.

ރައީސީ ވިދާޅުވި ގޮތުގައި ދުޝްމަނުންގެ އަމަލުތައް ހުރި ގޮތް ބެލުމަށް ޓީމުތަކެއް މިހާރު ތިބީ ތައްޔާރަށެވެ. އެކަމަކު އެ މީހުންނާ ހަވާލުކޮށްފައި ވަނީ ކޮން މަސައްކަތެއް ކަމެއް އިބްރާހީމް ރައީސީ ވިދާޅެއް ނުވެ އެވެ.

އީރާންގެ ދުޝްމަނުންނަކީ ކޮން ބައެއްކަން އިބްރާހީމް ރައީސީ މި ފަހަރު ވެސް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް، އީރާނުން ދުޝްމަނުން ކިޔަނީ އެމެރިކާ އަށާއި އެމެރިކާގެ ބައިވެރިންނަށެވެ.

އީރާންގައި ވިހަވެގެން ރިޕޯޓްކުރި ކުދިންގެ ތެރޭގައި ގިނައީ ސްކޫލް އަންހެން ދަރިވަރުންނެވެ. މިއީ ވެސް ހުޅަނގުގެ ގައުމުތަކުން އިރާނާ މެދު ކަންބޮޑުވުން އޮތް ކަމެވެ.

އެމެރިކާ އާއި ޖަރުމަނުން ވެސް މިކަމުގެ ތެރެއަށް މިހާރު ވަދެފައި ވާއިރު، މިއީ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ބޮޑު ބިރުވެރިކަމެއް ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.