ވިލާ ޓްރޭޑް

ރަހަމީރު ޕާސްތާ ތައްޔާރު ކޮއްލެއްވުމަށް އޮޓީމާ ހިޔާލު ކުރައްވާ

Mar 5, 2023

ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ ޖެނުއަރީ 13، 2021 ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ ޓްރޭޑިންގުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކާއި އެންމެ ގުޅުން ހުރި މީރު ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރު މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ.

އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮއްޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އަކި ވައްތަރުގެ ޕާސްތާ ލިބެން ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮއްޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ.

އޮއްޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައި ދިގު އަދި ހިމަ ޕާސްތާ، ދިގު ރިބަން ޕާސްތާ، ޓްވިސްޓް ޕާސްތާ، ޓިއުބް ޕާސްތާ ހިމެނެއެވެ. ދިގު އަދި ހިމަ ޕާސްތާ އަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ ނުވަތަ އާންމުކޮށް ސްޕެގެޓީ އޭ ކިޔާ ޕާސްތާއެވެ. އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީ އެވެ. ރިބަން ޕާސްތާއަކީ ބަރު އަދި އަނގަޔަށް ލުއި ސޯސްތަކާއި އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ. ރިބަން ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ފެޓުޗީނި، ލަސާނިޔާ އަދި ޕައްޕާޑެލް ހިމެނެ އެވެ. ޓްވިސްޓް ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ސްޕައިރަލް އަދި ކޯކްސްކްރޫ ގޮތަށް ހުންނަ ޕާސްތާ ހިމެނެ އެވެ. މިގޮތަށް ހުންނަ ޕާސްތާގެ ދޭތެރެތައް ނުވަތަ ބަޑިބަޑި ހުރުމުގެ ސަބަބުން ބޭނުންކުރާ ސޯސްއެއް ވަރަށް ރަނގަޅަށް ހިފަހައްޓަ އެވެ. އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑްތަކަށް އެންމެ ބަރާބަރު ޕާސްތާ އެވެ. ޓިއުބް ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. އަދި މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓަ އެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ. މި ހުރިހާ ވައްތަރުގެ ޕާސްތާވެސް ވިލާ މާޓުން ލިބިގެންދާނެ އެވެ.

ބޮލޮގޮނައިޒަށް ބޭނުން ވާނެ ތަކެތި

  • 4 ސަމުސާ ތެޔޮ
  • 1 ފިޔާ ކުދިކޮށް ކޮށާފަ
  • 4 ލޮނުމެދު ޗިސްކޮށްފަ
  • 1 ކިލޯ ބީފް ކުދިކޮށް ކޮށާފަ
  • 1 ދަޅު ޓޮމާޓޯ
  • 1 ދަޅު ޕީލްޑް ޓޮމާޓޯ
  • 3/1 ޖޯޑު ފެން

ޕާސްތާ އަށް ބޭނުންވާ ތަކެތި

  • 250ގ އޮޓީމާ ޕާސްތާ
  • 2 މޭޒުމަތީ ސަމުސާ ފުށް
  • 2 ސަމުސާ ތެޔޮ
  • 500މލ ކިރު
  • 200ގ އަދި 75ގ ޗެޑާ ޗީޒް
  • 200ގ އަދި 75ގ މޮޒޮރެއްލާ
  • ލޮނު
  • އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެ ތެރެއަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށްފަހު 200ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅާ އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބަކީހުރި ޗެޑާ ޗީޒްތަށް މައްޗަށް އެޅުމަށްފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރުކުރެވުނީ އެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަންބަރު: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.