ވިލާ ޓްރޭޑް

ގިނަ ޕްރޮޑަކްޓްތަކަކާއެކު ވިލާގެ ހޯލްސޭލް ސެންޓަރެއް

Mar 12, 2023

ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްއަކީ ޖެނުއަރީ 13، 2021 ގައި ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް 2021 ގެ ސެޕްޓެމްބަރުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ. ހޯލްސޭލް ދާއިރާގައި ވިލާ ޓްރޭޑިންގުން މައިގަނޑު ގޮތެއްގައި ހޮޓާތައް, ރެސްޓޯރެންޓްތައް އަދި ކެފޭތަކަށް ހިދުމަތް ފޯރުކޮށްދެ އެވެ. އަދި މީގެ ތެރޭގައި ރިސޯޓުތަކާއި ބޭކަރީތައްވެސް ހިމެނެ އެވެ.

ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް މިވަގުތު ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑްސްގެ ތެރޭގައި ތަމީމް ބްރޭންޑުގެ (ސެލާ 2111 ގްރޭޑީންގްގެ ބާސްމަތީ ހަނޑޫ)، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނާރ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ހިމެނެ އެވެ. މީގެ އިތުރުން ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލީޓަރު (ކައްކަން ބޭނުންކުރާ ތެޔޮ)، ބްރެޒިލް އިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނެ އެވެ.

އަލްމަރާއި ބްރޭންޑަކީ 2021 ގައި މެދު އިރުމަތީގެ ޔޫގޮވް އެފް.އެމް.ސީ.ޖީ / ސީ.ޕީ.ޖީ ވަނަތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބްރޭންޑެކެވެ. އަދި މިއީ މެދު އިރުމަތީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑެއިރީގެ އުފެއްދުންތައް އުފައްދާ އެއް ކުންފުންޏެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަ ޑެއިރީ ދަނޑާއެކު ހަރަކާތްތެރިވާ އަލްމަރާއި އަކީ މިވަގުތު މާކެޓުގައި އެންމެ ކޮލިޓީ އެއް ޑެއިރީ ތަކެތި އުފައްދާ ކުންފުންޏެވެ. އެގޮތުން އެންމެ މަޤުބޫލު އުފެއްދުންތަކުގެ ތެރޭގައި ޗީސްގެ ވައްތަރުތައް، ގެރިކިރު، ތާޒާ މޭވާ ޖޫސް ޕެކެޓުތަކާއި ބަޓާގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އަލްމަރާއި އިން އުފައްދާ ކިރުގެ ވައްތަރުތަކުގެ ތެރޭގައި ފްލޭވާޑް ކިރު، ފެޓް ފްރީ ކިރު، ފުލް ކްރީމް ކިރު އަދި ލެކްޓޯސް ނުހުންނަ ކިރުވެސް ހިމެނެ އެވެ. އަލްމަރާއި އިން އުފައްދާ ކިރުގެ ބާވަތްތަކަކީ ޔޫ.އެޗް.ޓީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. "އަލްޓްރާ ހައި ޓްރީޓްމެންޓް" ނުވަތަ ކުރުކޮށް ބުނާނަމަ ޔޫ.އެޗް.ޓީ އަކީ އެންމެ ދަށްވެގެން C135 އަށް ރޯ ކިރު ހޫނުކޮށް، އެވަރުގައި ހިނދުކޮޅަކު ބެހެއްޓުމަށްފަހު އަނބުރާ އާދައިގެ ފިނިމިށް ގެނައުމެވެ. ނަތީޖާއަކީ ރޯ ކިރުގައި ހުންނަ ޖަރާސީމު ނެތިގޮސް ގިނަ ދުވަހު ކިރު ހަލާކުނުވެ ހުރުމެވެ.

ބޮބްސް ރެޑް މިލް އަކީ އާދައިގެ ފުށުން ފެށިގެންގޮސް އޯގާނިކް އަދި ގްލޫޓެން ފްރީ ފުށުގެ ބާވަތްތައް އުފައްދާ ކުންފުންޏެކެވެ. މިއީ އެމެރިކާގައި އެންމެ ފުޅާ ދާއިރާގައި " ހޯލް ގްރެއިން" ކަބޯތަކެދި އުފައްދާ އެއް ކުންފުންޏެވެ. މައިގަނޑު ގޮތެއްގައި ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ސަޕްލައި ކުރަނީ އެމެރިކާ، ކެނަޑާ އަދި ކެރިބިއަންގެ ރައްތަކަށެވެ. ބޮބްސް ރެޑްމިލް އިން ފުށް އުފައްދަނީ ޒަމާނުއްސުރެ ބޭނުންކޮށްއުޅޭ ކުއާޓްޒް މިލްސްޓޯންތައް ބޭނުންކޮށްގެނެވެ. މިގޮތަށް އުފެއްދުމުގެ ސަބަބުން ގޮދަނުގައި ހުންނަ އެންމެ ފައިދާހުރި ބައިތައް ނުގެއްލި ހުރެއެވެ. 400 އަށްވުރެ ގިނަ ވައްތަރުގެ އުފެއްދުންތައް ބޮބްސް ރެޑް މިލް އިން އުފައްދާއިރު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި ސީރިއަލް، އެކި ވައްތަރުގެ އޯޓްމީލް ޕެކެޓު، އާދައިގެ ފުށް، އަދި ގްލޫޓެން ފްރީ ފުށްވެސް ލިބެން ހުންނާނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވިލާ ޓްރޭޑިންގުން ވީގަން ބާވަތްތައްވެސް އެތެރެކޮށް ވިއްކަން ފަށާނެ އެވެ.

ފެނާރ ކުންފުންޏަކީ އާއިލީ ކުންފުންޏެއްގެ ގޮތުގައި މީގެ 160 އަހަރު ކުރިން ފެށިގެން އައި ކުންފުންޏެކެވެ. ފެނާރ ކުންފުނި އެހާ ޒަމާން ވަންދެން ހިނގުމުގެ ސިއްރަކީ އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއި، ކޮލިޓީ އަދި ތަފާތު ވައްތަރުތައް ލިބެން ހުރުމެވެ. މިއީ ޔޫރޮޕުގައި އެންމެ ގިނަ ވައްތަރުގެ ޖޫސް، ނެކްޓާ އަދި ފިނި ސައި (އައިސް ޓީ) ތައްޔާރުކޮށްފައި ވިއްކާ ކުންފުންޏެވެ. މީގެ ތެރޭގައި ލޯކަލް ކޮށް ހޯދާ ތަފާތު ވައްތަރުގެ މޭވާ ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޮނި ޖޫސް، ހުތް ޖޫހާއި ނެކްޓަ ލިބެން ހުރެއެވެ. ފޭނާރގެ އައިސް ޓީއަކީ ތާޒާ ސައި ފަތް ބޭނުންކޮށްގެން ގިނަ ވަގުތު ކައްކާފައި ހުރުމުގެ ސަބަބުން ސައިފަތުގައި ހުންނަ ފުން ރަހަ ވަރަށް ފުރިހަމަޔަށް ލާ ސަޔެކެވެ. މިހުރިހާ އުފެއްދުމެއްވެސް ހޯލްސޭލްކޮށް ލިބެންހުންނާނެ އެވެ.

ޓޯނީސް ޗޮކޮލޯނީ އަކީ 2005 ގައި ޑަޗް ނުވަތަ ނެދަލެންޑްސް އިން އުފެދިގެން އައި ކުންފުންޏެކެވެ. ޓޯނީސްގެ އަމާޒަކަށްވީ ޗޮކުލެޓު ހަދަން ބޭނުންކުރާ ކޮކޯ ތަފާތު ގޮތަކަށް ހޯދުމެވެ. އެގޮތުން ކޮކޯ ބީންސް އިން ފެށިގެންގޮސް ޗޮކުލެޓާއި ހަމަޔަށް ހުރިހާ އެއްޗެއްވެސް އަމިއްލަ ބެލުމުގެ ދަށުން ތައްޔާރުކުރާ މަދު ކުންފުނިތަކުގެ ތެރޭގައި ޓޯނީސް ޗޮކޮލޯނީ ހިމެނެއެވެ. އަދި މީގެ އިތުރުން ޓޯނީސް އަކީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެފްރިކާގެ ކޮކޯ ދަނޑުވެރިންގެ އަތުން އާންމުކޮށް ކޮކޯ ގަންނަ ވަރަށްވުރެ ބޮޑު އަގެއް ދީގެން ކޮކޯ ގަންނަ ކުންފުންޏެކެވެ. މިއީ ޓޯނީސް އިން އެފްރިކާގައި ހިނގަމުން އަންނަ މަސައްކަތްތެރިންގެ އަޅުވެތިކަމާއި ބޭއިންސާފާއި ދެކޮޅަށް އެޅި ފިޔަވަޅެކެވެ.

1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑަކީ ލެބަނޮން ގައި ވަރަށް އަވަހަށް މަޟްހޫރުވެގެން އައި ކާބޯތަކެތި އުފައްދާ ކުންފުންޏެކެވެ. މިއީ ގަނޑުކުރި ތަރުކާރިން ފެށިގެންކޮސް އެޕެޓައިޒާސް، ދަޅުކުރި ކާނާ، އެކި ވައްތަރުގެ ސޯސް، ކައްކާ ތެޔޮ އަދި ތަފާތު ވައްތަރުގެ ޑެއިރީ ކާނާ ތައްޔާރުކުރާ ކުންފުންޏެކެވެ. ތާޒާކަން ދެމިހުންނާނެ ގޮތްގޮތަށް ތައްޔާރުކޮށްފައި ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކަކީ ގިނަ ބަޔަކަށް ކަމުދާ އުފެއްދުންތަކެކެވެ. ޕްލެއިން ސޮލެއިލް އަކީ މިވަގުތު ދުނިޔޭގެ އަށް ގައުމުމެއްގައި ހިނގަމުން އަންނަ މަގުބޫލު ކުންފުންޏެކެވެ.

އޮޓިމާ އަކީ މައިގަނޑު ގޮތެއްގައި ޕާސްތާގެ ވައްތަރުތައް އުފައްދާ ބްރޭންޑެކެވެ. އެގޮތުން އެކި ސައިޒުތަކުގެ އެކި ވައްތަރުގެ ޕާސްތާ މި ކުންފުނިން އުފައްދާއިރު މީގެން ކޮންމެ ވައްތަރެއްވެސް ތަފާތުކޮށް ހެދޭނެއެވެ. އޮޓިމާ ޕާސްތާއަކީ އިޓަލީގައި ޒަމާނުއްސުރެ ތައްޔާކުރަމުން އަންނަ ޕާސްތާ ބްރޭންޑެކެވެ. އެހެންކަމުން މި ބްރޭންޑަކީ ކަސްޓަމަރުންގެ ތެރޭގައި އިތުބާރުހުރި، ކޮލިޓީ ބްރޭންޑެކެވެ.

ވިލާ ޓްރޭޑިންގެ ހަނޑޫ ބްރޭންޑެއް ކަމަށްވާ ތަމީމް ބްރޭންޑުގެ ހަނޑުލަކީ 1121 ގްރޭޑިންގެ މޮޅު ހަނޑުލެވެ. ދިގުކޮށް ހިމަކޮށް ހުންނަ މި ހަނޑުލަކީ އެހެން ހަނޑުލަށްވުރެ އަވަހަށް ކެކޭ ހަނޑުލަކަށްވުމުން ކެފޭ/ރެސްޓޯރެންޓުތަކުގައި ބޭނުންކުރަން ގިނަ ބަޔަކު މި ވައްތަރުގެ ހަނޑޫ އިހުތިޔާރުކުރެ އެވެ. އަދި ބިރިޔާނީ ފަދަ ބަތް ބޭނުންކޮށްގެން ތައްޔާރުކުރާ ގިނަ ކެއުންތަކުގައިވެސް ބޭނުންކޮށް އުޅޭނީ މިވައްތަރުގެ ހަނޑުލެވެ.

ހޮޓްޕެކް އަކީ ބޭނުންކޮށްފައި އެއްލާލެވޭ ތަށި ނުވަތަ ޑިސްޕޯސެބަލް ތަށި، ފެން ބޯ ތަށި، ކާއެއްޗެހި ބަންދުކުރާ ޕްލާސްޓިކް ކޮތަޅު، ކައްކަން ބޭނުންކުރާ ޓްރޭ، އެތެރެ ފެން ކޮންޓެއިނަރ، ހޮޅި، މައިކްރޮވޭވް ކުރެވޭ ވައްތަރުގެ ކޮންޓެއިނާ، ރެޕިންގް ސިލޯފެން، ބޭކު ކުރަން ބޭނުންކުރާ ތަކެތި، ފޯމް، އެލުމިނިއަމް އަދި ކަރުދާސް އުފެއްދުންތަކުން ގޮސް ޓިޟޫވެސް އުފައްދާ ކުންފުންޏެކެވެ. ކުޑަކުދިންގެ ޕާޓީތަކަށް ނުވަތަ ކުދިކުދި ޙަފްލާތަކަށް ބޭނުންވާ ގިނަ ސާމާނު ވިލާ ޓްރޭޑިންގުން ހޯލްސޭލްކޮށް ލިބެން ހުންނާނެ އެވެ.

ވިލާ ޓްރޭޑިންގުން ވަނީ ދާދި ފަހުން ހޯލްސޭލް އައުޓްލެޓެއް "ވިލާ ޓްރޭޑިންގް ހޯލްސޭލް" ގެ ނަމުގައި އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުޅުވާފަ އެވެ. މި ފިހާރައައިން ވިލާ ޓްރޭޑިންގުން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ލިބެން ހުންނާނެ އެވެ. އަދި ކުރިއެކޭވެސް އެއްފަދައިން މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ހޯލްސޭލްކޮށް ގަންނަ ތަކެތި ޑެލިވާ ކޮށްދޭނެ އެވެ. ހޯލްސޭލް ކުރުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަންބަރު : 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.