ހޮރައިޒަން ފިޝަރީޒް

ހޮރައިޒަން ފިޝަރީޒްގެ "ޓޫނާ ޕާސްތާ ސޯސް" ދަޅު ބާޒާރަށް ނެރެފި

ހޮރައިޒަން ފިޝަރީޒްގެ "ޓޫނާ ޕާސްތާ ސޯސް" ދަޅު ބާޒާރަށް ނެރެފި އެވެ.

ޓޫނާ ޕާސްތާ ސޯސް ދަޅެއްގެ އަގަކީ 17 ރުފިޔާ އެވެ. 48 ދަޅުގެ ރީޓެއިލް ކޭހެއްގެ އަގަކީ 795 ރުފިޔާ އެވެ. އަދި 48 ދަޅުގެ ހޯލްސޭލް ކޭހެއްގެ އަގަކީ 780 ރުފިޔާ އެވެ.

ޗާންދަނީމަގުގައި ހުންނަ ސީފުޑް ޕްލަސް ފިހާރައިން ޓޫނާ ޕާސްތާ ސޯސް އާންމުކޮށް ގަންނަން ލިބޭނެ އެވެ.

ޓޫނާ ޕާސްތާ ސޯސްއަކީ ރެޑީމޭޑް ޕްރޮޑަކްޓަކަށްވުމުން ކާބޯތަކެތި ތައްޔާރުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ އިސްރާފުކުރުން މަދުވުމަށް މަގުފަހިކޮށްދެ އެވެ. އެހެންކަމުން މިއީ ވަޒީފާގައި އުޅޭ ފަރާތްތަކަށާއި ބިޒީ ޝެޑިއުލްއެއް އޮންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓެވެ.

ހޮރައިޒަން ފިޝަރީޒްއިން ބުނި ގޮތުގައި މި ޕްރޮޑަކްޓް ތައާރަފު ކުރުމުގެ ހިޔާލު ލިބުނީ ދިވެހިން ޕާސްތާ ތައްޔާރުކުރާއިރު ކަނޑުމަހާއިއެކު ޓޮމާޓޯ ސޯސްއާއި ފިޔާ އާއި ގިތެޔޮ މިރުހާއި ލޮނުމެދާއި ހާބްސް އަޅައިގެން ތައްޔާރުކުރާތީ އެވެ.

ޓޫނާ ޕާސްތާ ސޯސް ބޭނުންކޮށްގެން ޕާސްތާ ތައްޔާރުކުރުމަށް ނަގާނީ އެންމެ ފަސް މިނެޓް ކަމަށާއި އެއީ ޕާސްތާ ކެއްކުމަށް ހޭދަވާ ވަގުތު ކަމަށް ހޮރައިޒަން ފިޝަރީޒް އިން ވަނީ ބުނެފަ އެވެ.

ލ. މާންދޫގައި މަސްދަޅު ބަންދުކޮށް އާންމުކޮށް ރާއްޖެއިން ބޭރަށް މާކެޓް ކުރާ ހޮރައިޒަން ފިޝަރީޒް އިން ދަޅުގައި ބަންދުކޮށް ދިވެހި ރަހަތައް އެކުލެވޭ މަހުގެ އެކި ވައްތަރުގެ އުފެއްދުންތައް މީގެ ކުރިންވެސް އުފައްދާފައިވެ އެވެ.