ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރެއްވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފަކާއި އުފަލެއް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އާއި ފަލަސްތީނުގެ ޒަމާންވީ ގުޅުން ދެމި އޮންނާނެ ކަމަށާއި ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެ އޮންނާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ދެއްވި ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.